ވެލިދޫ ކަރަންޓީނު ފެސިލިޓީއަކަށް ހަދައި ވިލިވަރުގަ ކޮޓަރި އިތުރުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ވެލިދޫ ކަރަންޓީނު ފެސިލިޓީއަކަށް ހަދައި ވިލިވަރުގަ ކޮޓަރި އިތުރުކުރަނީ!

ކޮރޯނާ ވައިރަސްގެ ޙާލަތު ބަދަލުވަމުން އަންނަ ގޮތަށް ބަލައި މިވަގުތު ބަންދުކޮށްފައި އޮތް ވެލިދޫ ރިޒޯޓު ކަރަންޓީނު ފެސިލިޓީއަކަށް ހަދައި އަދި ވިލިވަރުގައި ކޮޓަރި އިތުރުކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ވަޙީދު ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެއިން ފިލުވައިލަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށާއި ތައްޔާރީ ޙާލަތު ފުރިހަމަކުރަން ކުރަންޖެހޭ ހުރިހާ ކަންކަން ކުރަމުން ގެންދާނެ ކަމަށެވެ. 

ޢަލީ ވަޙީދު ވިދާޅުވީ ވިލިވަރުގައި 70 ކޮޓަރި އިތުރުކޮށް 100 ކޮޓަރި ހަމަކުރާނެ ކަމަށެވެ. އަދި 2 ރަށްވެސް މިހާރުވަނީ 6 މަސް ދުވަހުގެ މުއްދަތަށް ސަރުކާރާއި ޙަވާލުކޮށްފައި ކަމަށެވެ.

މިއަދު އޮންލައިން