ސްޕޭއިން، ޖާމަނީ، ފްރާންސްއިން މީހުން ރާއްޖެ އައުން މަނާކޮށްފި ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ބ. ފެހެންދޫގެ ގެސްޓްހައުސެއްގައި ހުރި ބިދޭސީއަކާއި ބަންޑޮސް އައިލެންޑް ރިސޯޓުގައި ހުރި ބިދޭސީއެއް ކޮވިޑް-19 އަށް ޝައްކުކުރެވިގެން ހެދި ޓެސްޓް ނެގެޓިވްކަމަށެވެ.
ސާމްޕަލް ނެގަޓިވެވި ނަމަވެސް ކޮންޓެކްޓް ޓްރޭސިންގ ހަދައި އިތުރަށް ކަސަވަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަސްވެސް ވިދާޅުވިއެވެ.