ރައްކާތެރިވެތިބުމަށް 2 އިރު ކުރިސި، އިޚްލާޞް، ފަލަޤް، ނާސް ސޫރަތް 3 ފަހަރު ކިޔަވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ރައްކާތެރިވެތިބުމަށް 2 އިރު ކުރިސި، އިޚްލާޞް، ފަލަޤް، ނާސް ސޫރަތް 3 ފަހަރު ކިޔަވާށެވެ!: މުފްތީ މެންކް

މަގުމަތީގެ ނުރައްކައުތެރިކަމުންނާއި ނުރައްކައުތެރި ފަނިފަކުސަތަކުންނާއި ސިހުރާއި އެސްފީނާ އިން ސަލާމަތްވެތިބުމަށް ފަތިސް ނަމާދަށްފަހުގަ އާއި މަޣްރިބް ނަމާދަށްފަހު ކުރިސި އާއި އަލްއިޚްލާޞް، އަލްފަލަޤް، އައްނާސް ސޫރަތް 3 ފަހަރު ކިޔަވާށެވެ! އެމީހަކަށް ﷲ ތަޢާލާ ރައްކަތެރިކަން ދެއްވަވާނެތެވެ! އެމީހާއަށް ތަފާތު ދައްކަވާނެތެވެ! އިން ޝާ ﷲ

-- މުފްތީ މެންކް

މުފްތީ މެންކް މިކަން ބަޔާން ކުރައްވައި ދެއްވި ދަރުސެއްގެ ވީޑިއޯ މިއަދުނޫހުގައި ވާނީ ކުރިން ވެސް ހާމަކޮށްފައެވެ. ވީމާ ހަނދުމަކޮށްދިނުމުގެ ގޮތުން މި ބަސްފުޅު އައުކޮށްލީ މިއީ އެކަމަށް ވަރަށް މުހިންމު ވަގުތަކަށްވާތީއެވެ!

ކޮންމެ ބޭފުޅަކު ވެސް މިފަދައިން ޢަމަލުކުރައްވާށެވެ! އަދި ދަރިންލައްވައިވެސް މިފަދައިން ޢަމަލުކުރުވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭށެވެ! ރައްކައުތެރިކަން ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ!

މިއަދު އޮންލައިން