ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގެ ޚާއްޞ އައިސީޔޫ ފެސިލިޓީއަށް ބަދަލުކުރި އުމުރުން ދުވަސްވީ ފަތުރުވެރިޔާއަށް މިހާރު ނޭވާލެވެނީ އޮކްސިޖަންދީގެން ކަމަށް ޑރ. މުރާދު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ އޭނާގެ އޮކްސިޖަން ލެވެލް މިހާރު ދަށްވެފައިވާ ކަމަށާއި ނަމަވެސް ހުން ރަނގަޅު ކަމަށެވެ. އަދި އޭނާ ވެންޓިލޭޓަރަށް ލާންޖެހޭ ޙާލަތަށް ނުދާކަމަށްވެސް ޑރ. މުރާދު ވިދާޅުވިއެވެ.
އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީވެސް މިފަދ ޙާލަތަށް ހިނގައިދާނެކަމަށް ބެލެވިގެން ކަމަސްވެސް ޑރ. މުރާދު ވިދާޅުވިއެވެ.