ކޮރޯނާ ވައިރަސްއަކީ އެމެރިކާގެ އުފެއްދުމެއްކަމަށް ކުރަމުން އައި ތުހުމަތުތައް ޙަޤީޤަތަކަށް ވުމުގެ ކޮޅުމަތި ފެންނަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކޮރޯނާ ވައިރަސްއަކީ އެމެރިކާގެ އުފެއްދުމެއްކަމަށް ކުރަމުން އައި ތުހުމަތުތައް ޙަޤީޤަތަކަށް ވުމުގެ ކޮޅުމަތި ފެންނަން ފަށައިފި!

މުޅި ދުނިޔެއަށް ބޮޑު ވަބާޢަކަށްވެ ދުނިޔޭގެ އިޤްޠިޞާދު ފުނޑުފުނޑުވަމުންމިދާ އަދި މުޅި ދުނިޔެ ބޮޑުވެގެންވާ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓައިލި ކޮރޯނާ ވައިރަސް އަކީ އެމެރިކާއިން އުފެއްދި ޖަރާސީމެއް ކަމަށް ކުރިންސުރެ ކުރެވެމުން އައި ތުހުމަތުތައް ޙަޤީޤަތަކަށް ވުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. 

ޗައިނާގެ ތަރުޖަމާނު ލިޖިއާން ޒާއޯ ވަނީ އެކަމުގެ ބައެއް ތަފްޞީލުތައް ޢާންމުކުރަން "ގްލޯބަލް ރިސާރޗް" އިން ޢާންމުކުރި ރިޕޯޓް ވިސްނުންތެރިކަމާއިއެކު ކިޔައިލުމަށް އިލްތިމާސްކުރައްވައިފައެވެ. ލިޔުމުގެ ސުރުޚީގައި ކޮށްފައިވާ ސުވާލަކީވެސް ކޮރޯނާ ވައިރަސް އުފެއްދީ އެމެރިކާގައި ހެއްޔެވެ؟ 

ވައިރަސް ފެނިފައިވާކަމަށް ބެލެވެނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް ބަލި ފެތުރިގެންފައިވަނީ ޑިސެމްބަރު މަހުއެވެ. ވައިރަސް ފެނުނު ޗައިނާގެ ވުހާން ސިޓީގައި އޮކްޓޯބަރު މަހު ބޭއްވި ބައިނަލްއަގްވާމީ މިލިޓަރީ ގޭމްސް މުބާރާތުގައި 100 އަށްވުރެ ގިނަ ގައުމުން ބައިވެރިވެފައިވާއިރު އެމެރިކާއަކީ އެއިގެ ތެރެއިން އެއް ޤައުމެވެ. 

އީރާނުން އަންނަނީ ވަރަށް ކުރިންސުރެ ކޮރޯނާ ވައިރަސްއަކީ އެމެރިކާގެ އުފެއްދުމެއް ކަމަށް ތުހުމަތުކުރަމުންނެވެ. ނަމަވެސް މިކަމުގައި ސައިންސްވެރިންނަށް އަދި ގޮތްތަކެއް ނިންމިފައެއް ނުވެއެވެ.

ގްލޯބަލް ރިސާޗްގެ ލިޔުން:  

https://www.globalresearch.ca/china-coronavirus-shocking-update/5705196

 

 

 

މިއަދު އޮންލައިން