މިހާލަތުގަ އޮތީ މިހާރުންސުރެ ކެއުންބުއިން މަދުކޮށް ޒަރޫރީއެއްޗެއް ނޫނީ ނުގަތުން!: ނަފާ ނަސީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މިހާލަތުގަ އޮތީ މިހާރުންސުރެ ކެއުންބުއިން މަދުކޮށް ޒަރޫރީއެއްޗެއް ނޫނީ ނުގަތުން!: ނަފާ ނަސީމް

ކޮވިޑްރޯގާއަށް އޮތް އެންމެ ރަގަޅު ފަރުވާ އަކީ އަޅުގަނޑުމެންގެ އުޅުމާއި ކަންކުރާގޮތް ބަދަލުކުރުމެވެ. 

މިހާރުންސުރެ ކެއުންބުއިން މަދުކުރުމާއި ޒަރޫރީއެއްޗެއް ނޫނީ ނުގަތުމެވެ. އެއްވެ އުޅުމާއި ކޮފީ މަދުކުރުމެވެ. ރޯދަހިފުމާ ޒިކުރުކުރުން އިތުރުކުރުމެވެ. ދެބަސްވުމާ ފާޑުކިޔުން މަދުކޮށް ކިޔަމަންވުމެވެ."

ނަފާ ނަސީމް 

އަދިވެސް ނަސީމް ވިދާޅުވެފައިވެއެވެ. ""މިފަދަދަތި ދަނޑިވަޅުގައި ރަގަޅީ މުއައްޒިފުން ވަކިނުކޮށް މުސާރަތަކާ ޚަރަދުތައް ކުޑަކުރުމެވެ. އެންމެރަގަޅީ ކަންކުރާގޮތް (ބިހޭވިއަރ) ބަދަލުކޮށްގެން ޚަރަދުކުޑަ ކުރުމެވެ. މިސާލަކަށް ކާއިރު ގިނަބާވަތް ނުކައި ދެ ބާވަތެއް ކެއުން ކެއުމެވެ. ކެއުން މަދުކޮށް ރޯދަހިފުމެވެ. ހަމައެކަނި އަސާސީތަކެތި ގަތުމެވެ."  

ޤަބޫލުކުރެވޭ ގޮތުން ނަސީމް ފާހަގަ ކުރައްވާފައި އެވަނީ ކޮންމެހެން ބޭނުންވާވަރަށްވުރެ އިތުރަށް ނުކެއުމާއި ކެއުންބުއިމަށް ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައް ނޫނީ ނުކުރުމެވެ. އިޤްޠިޞާދީ ގޮތުން ބޮޑެތި ދަތިތައް ކުރިމަތިވެދާނެކަމަށް ބެލެވޭ މިފަދަ ދުވަސްވަރު ނަފާ ނަސީމް ފަދަ އިޤްޠިޞާދީ މާހިރުން ދެއްވާ ލަފާފުޅުތަކަށް ޢަމަލުކުރުން މުހިންމުކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން