ރިސޯޓްތަކާއި ސަފާރީތަކުން، ފަތުރުވެރިން ރަށްރަށް ގެންދިޔުން ވަގުތީގޮތުން މަނާކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ރިސޯޓްތަކާއި ސަފާރީތަކުން، ފަތުރުވެރިން ރަށްރަށް ގެންދިޔުން ވަގުތީގޮތުން މަނާކޮށްފި!

ކޮރޯނާވައިރަސް އާއި ގުޅިގެން ރިސޯޓްތަކާއި ސަފާރީތަކުން، ޓޫރިސްޓުން އެކްސްކާޝަނަށް ރަށްރަށް ގެންދިޔުން މިވަގުތަށް މަނާކަމެއްގެ ގޮތުގައި އެޗްޕީއޭއިން ކަނޑައަޅައިފިއެވެ.

މީހުން ދިރިއުޅޭ ރަށްރަށަށް ޓޫރިސްޓުން އެކްސްކާޝަނަށް ގެންދިޔުމާ އަދި މީހުން ދިރިއުޅޭ ރަށްރަށުން ޓޫރިސްޓުން ރިސޯޓްތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް ގެންދިއުން މިރެއިން ފެށިގެން ހުއްޓާލުމަށް އަންގާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި މިހާލަތުގައި، މިބަލި ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އާއްމު ފަރުދުންނާއި، ކުންފުނިތަކުންނާއި ފަތުރުވެރިންވެސް ސަމާލުވެ، އެންގުންތަކާއި އެއްގޮތަށް އަމަލު ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން