"މީހުންގެ އަބުރަށް އަރައިގަނެ ޣީބަބުނުން ފަދަ ފާފަތައް ކުރެވޭ ތަންތަން ކަމުގައި ހޮޅުއަށި، ޖޯލިފަތި ފަދަ ތަންތަން މީގެ ކުރިން ވަނީ ވެފައެވެ. އެފަދަ ތަނަކަށް ނުދިޔަކަމުގައި ވިޔަސް މިހާރު އަހުރެމެން މިފަދަ ފާފަތަކުގައި ބައިވެރިވަނީ ސިޓިންގް ރޫމު ޓީވީ ދޮށުގައި ތިބެގެންނެވެ. އެކި ޗެނަލް ތަކުން އެކި ޕްރޮގްރާމް ތަކުގެ ނަމުގައި ފޮނުވާ އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތައް ދައްކާ އަޑު ޝައުގުވެރިކަމާއި އެކު އަހައިގެންނެވެ.
ދަންނާށެވެ! ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން އިވުމާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ."
- އަބްދުﷲ މާހިދު