ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިޤްޠިޞާދަށް ވަރަށް ބޮޑެތި ލޮޅުންތައް އަރާނެ ކަމަށާއި ނަމަވެސް ސިވިލް ސަރވިސް މުވައްޒިފުންގެ މުސާރަ ކުޑަ ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އިފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ބަލި ކޮންޓްރޯލް ކުރެވޭނެ ތާރީޚް ދުނިޔޭގެ ތަޖުރިބާކާރުންނަށްވެސް ނޭނގޭ ކަމަށެވެ.
- އިތުރު ތަފްޞީލު އަންނަނީ