ރާއްޖޭގަ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ރާއްޖޭގަ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި

ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެމުންދާ ނިޞްބަތަށާއި އަދި ރާއްޖޭގެ ޙާލަތަށް ބަލައި ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި އެވެ. 

އެކަން އިއުލާނުކުރައްވަމުން ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ މިގޮތަށް ކަނޑައެޅީ ވަކި ކަމެއް ގޮސްވެގެން ނޫން ކަމަށާއި ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް ކުރަން ހުރި މަސައްކަތްތައް ކުރަން ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ. އަދި މި ޚާއްޞަ ފިޔަވަޅާއިއެކު ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް ކުރަން ހުރި މަސައްކަތްތައް ހަރުދަނާކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނުކުރީ 30 ދުވަހުގެ މުއްދަތަކަށެވެ.

މިއީ މިފަދައިން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ފުރަތަމަ ފަހަރެވެ.

މިއަދު އޮންލައިން