އަވަށްޓެރި އިންޑިޔާގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާތީ އެޤައުމުގައި ދަތުރުފަތުރުގެ ޚިދުމަތް ހޯދާ މީހުންގެ ޢަދަދު މަދުވެއްޖެއެވެ.
އިންޑިޔާގައި ވައިރަސް ފެތުރޭތީ ގިނަ ޢަދަދެއްގެ ވައިގެދަތުރުތައްވަނީ ހުއްޓާލާފައެވެ. އަދި ގިނަ ސަރަޙައްދުތަކުގެ މަދަރުސާތަކާއި ސިނަމާތަކާއި އާންމުން އެއްވެއުޅޭ އެހެނިހެން ތަންތަންވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލްތައްވެސް ހިމެނެއެވެ. އިންޑިޔާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 60 އަށް އިތުރުވެފައެވެ.
ކޮވިޑް-19 މިހާތަނަށްވަނީ ދުނިޔޭގެ 126 ޤައުމަކާއި ސަރަޙައްދަކުން ފެނި، 4،600 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.