މިއަދު (ބުދަ ދުވަހު) އެކަނި ޤަތަރުގައި ކޮރޯނާ ވައިރަސްއަށް 238 މީހުން ޕޮޒިޓިވްވުމާއި ގުޅިގެން ޤަތަރު ވަނީ ބޮޑު ހާސްކަމެއްގެ ތެރެއަށް ގޮސްފައެވެ. ޞިއްހީ އިދާރާތަކުން ބުނަނީ އަދިވެސް އަދަދު ދާނީ އިތުރުވަމުން ކަމަށެވެ.
ޤަތަރުގައި ކޮރޯނާ ވައިރަސް ޖެހިފައި މިހާރު ތިބި މީޙުންގެ އަދަދުވަނީ 262 އަށް އަރައިފައެވެ. އެއިގެ މާނައަކީ އިއްޔެ އާއި ހަމައަށް ކޮރޯނާ ވައިރަސް ޖެހިގައި ޤަތަރުގައި ތިބީ އެންމެ 24 މީހުންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޤަތަރުގައި ކޮރޯނާ ވައިރަސް ފެތުރެން މެދުވެރިވީ އީރާނު މީހެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. ޤަތަރުން މިހާރު ވަނީ 14 ޤައުމަކުން އެ ޤައުމަށް މީހުން އެތެރެވުން ހުއްޓުވައިފައެވެ. އަދި ޤަތަރު އެއާވޭޒް އިން އެންމެ ގިނައިން ދަތުރުކުރި އެއް މަންޒިލް ކަމަށްވާ އިޓަލީއަށް ދަތުރުކުރުންވެސް ވަނީ މެދުކަނޑާލައިފައެވެ.