ކުރެއްދޫގެ ވަކި ސަރަޙައްދެއް ބަންދުކޮށް ރިސޯޓު ހުޅުވުމަށް މަސައްކަތް ކުރަނީ!

ކިޔުމަށް ހޭދަވާނީ 1މ 17ސ
ކުރެއްދޫގެ ވަކި ސަރަޙައްދެއް ބަންދުކޮށް ރިސޯޓު ހުޅުވުމަށް މަސައްކަތް ކުރަނީ!

ކޮވިޑް19 އަށް ރާއްޖެއިން މީހުން ޕޮޒިޓިވްވި ޅ. ކުރެއްދޫ ރިސޯޓުގެ ވަކި ސަރަހައްދެއް ބަންދު ކުރުމަށްފަހު އެ ރިސޯޓު އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ކޮރޯނާ ވައިރަހާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ، ކުރެއްދޫގައި މިހާރު ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެގޮތުން އެ ރިސޯޓްގައި މި ވަގުތު ރޫމް އައިސޮލޭޝަންގައި ބަޔަކު އެބަތިބި ކަމަށެވެ. އެމީހުންގެ ކަންކަން ޑޮކްޓަރުން މޮނީޓާ ކުރަމުންދާ ކަމަށާއި އައިސޮލޭޝަންގައި ތިބި މީހުންނާއި މެދު ޑޮކްޓަރުން ގޮތެއް ނިންމާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން އައިސޮލޭޝަންގައި ތިބޭ މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެ ސަރަހައްދު އެހެން ބޭއްވުމަށްފަހު ރިސޯޓް އާންމުކޮށް ހުޅުވާލެވޭތޯ ވެސް ބަލަމުންދާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

ކުރެއްދޫއިން މި ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ ހަތަރު ބިދޭސީއެކެވެ. އޭގެތެރޭގައި އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންވެސް ހިމެނެއެވެ.

މީގެއިތުރުން ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު ކުރަމަތި ރިސޯޓުންވެސް މިހާރު ވަނީ ދެ މީހަކު އެއް ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ރާއްޖެއިން ޖުމްލަ 8 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިއަދު އޮންލައިން