ޢުމުރާއިން މިއަދު އައި 50 މީހުން 2 ހަފްތާ ވަންދެން ގޭގައި މަޑުކުރަން އަންގައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ މިއަދު އައި މީހުން އައމުގެ ކުރިން ގްރޫޕްގެ ޑޮކްޓަރާއި ގުޅައި މީހުންގެ ޙާލު ބެލިކަމަށެވެ. އަދި އައުމުން ސްކްރީންކުރެވުނު ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެއާޕޯޓުގައި ކުރާ ސްކްރީންގައި އެއްވެސް ކަމަކަށް ޝައްކުކުރެވިއްޖެ ނަމަ ޓްރެވަލް ކްލިނަކަށް ގެންދާނެ ކަމަށެވެ. އަދި ޢުމުރާއިން އަންނަ ފަހުން އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ ރިޕޯޓްކުރާނީ ޓްރެވަލް ކްލިނިކަށް ކަމަށެވެ.
ޢުމުރާއަސް ދިއަ މީހުން ގޮވައިގެން މިމަހުގެ 13 ވަނަ ދުވަހު އިތުރު ފްލައިޓެއް އަންނާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.