ހާހަކަށްވުރެ ގިނަ މީހުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް އެއްތިރީސް މީހުން މަރުވުމާއި ގުޅިގެން މުޅި އެމެރިކާ މިހާރުވަނީ ބޮޑު ސިހުމެއްގެ ތެރޭގައެވެ.
އެމެރިކާގައި ބަލި ޖެހުނު މީހުންގެ ތެރެއިން އަދި މިހައތަނަށް ރަނގަޅުވި ކަމަށް ރިޕޯޓްތައް ދައްކަނީ އެންމެ 15 މީހުންނެވެ. ޗާޓު ދައްކާގޮތުން މިމަހުގެ 4 ވަނަ ދުވަހާއި ހަމައަށް އެމެރިކާގައި ބަލި ފެތުރެމުން އައީ ވަރަށް ކުޑަ މިންވަރަކަށެވެ. ނަމަވެސް 4 ވަނަ ދުވަހުން ފެށިގެން ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ ވަަރށް ބޮޑުތަން އިތުރުވަމުންނެވެ.
އެމެރިކާގެ ބައެއް އަމިއްލަ ޖަމާޢަތްތަކުން ބުނަނީ ބަލި ފެތުރުން މިހައި ބާރުމިނުގައި އިތުރުވެގެންދިއައީ ބައްޔަށް ޓެސްޓްކުރަން ޖެހޭ މީހުން ޓެސްޓް ކުރުމުގައި އިހްމާލްވުމުން ކަމަށެވެ.