މިއަދު މަޖިލިސްތެރެއިން އިވުނު އެއް އަޑަކީ 3 ފޫޓު ދުރުގައި ސަފުހަދައިގެންވެސް އެއްވުންތައް ބާއްވާ ވާހަކައެވެ.
މަޖިލިސް ބައެއް މެންބަރުން މިހެން ބުނި ނަމަވެސް 3 ފޫޓު ދުރުމިނުގައި ސަފު ހަދައިގެން ކޮރޯނާ ވައިރަސްއަކުން ސަލާމަތެއް ނުވެއެވެ. ތިބެން ޖެހޭނީ ކޮންމެ 2 މީހެއްގެ މެދުގައި 6 ފޫޓަށްވުރެ ދުރުމިން ހުންނަ ގޮތަށެވެ. ސަބަބަކީ ކޮރޯނާ ވައިރަސް 6 ފޫޓަށް ދަތުރުކުރާ ކަމެވެ.

ލިންކްގައިވާ ލިޔުމުގައިވާ ގޮތުން ވައިރަސް ހުރި މީހަކު ކެއްސައި، ކިނބިހި އެޅުން ފަދަ ކަމެއް ކޮށްފިނަމަ 6 ފޫޓު ކައިރީގައި ހުންނަ މީހަކަށް ވައިރަސް އެރުމުގެ ފުރުޞަތު އެބަ އޮތެވެ. ކޮރޯނާ ވައިރަސް އާއިބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރައި ބަލީގެ ބިރުވެރިކަން ކުޑަކުރުވުމަކީ ރައްޔިތުންނަށް ހެޔޮ އެދޭބައަކު ކުރާނެ ކަމެއް ނޫނެވެ.
ޔަޤީންކޮށްލައްވަން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
https://www.cdc.gov/coronavirus/2019-ncov/about/transmission.html