ޤުރްއާން ޓެސްޓު ހެދުން އިއާދަކޮށްދިނުމަށް އެދި ދެހާސް މީހުން ގެ ޕެޓިޝަނެއް ރައީސް އަށް ހުށައަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޤުރްއާން ޓެސްޓު ހެދުން އިއާދަކޮށްދިނުމަށް އެދި ދެހާސް މީހުން ގެ ޕެޓިޝަނެއް ރައީސް އަށް ހުށައަޅައިފި

އެސްއެސްސީ އިމްތިހާނުގައި ޤުރްއާން ޓެސްޓު ހެދުން ލާޒިމް ނޫންކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ކަނޑައަޅައި މިދިޔަ މަހު ކުރި އިޢުލާނު ބާތިލުކޮށްދެއްވުމަށް އެދި ދެ ހާސް މީހުންގެ ޕެޓިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަށް މިދިޔަ ހަފުތާގައި ހުށައަޅައިފިއެވެ.

މި ޕެޓިޝަންގައި ބައިވެރިވި 1000 ވުރެ ގިނަ މީހުންގެ އިތުރުން، ކަރުދާހުގައި އަމިއްލަ އަތުން ނަން ޖަހައި ސޮއެކޮށްގެން ހަމަކޮށްފައިވާ އިތުރު 1000 މީހުންގެ ސޮއި ހިމެނެއެވެ.

މި ޕެޓިޝަންގައި ބަޔާންކޮސްފައިވަނީ އެޑިއުކޭޝަންގެ އެނިންމުމަކީ ކީރިތި ޤުރްއާނަށް ރައްޔިތުންގެ ހިތްތަކުގައި ދެވިފައިވާ ޤަދަރަށް ވަރަށް ބޮޑު ނިކަމެތި ކަމެއް އައުމުގެ ފެށުންކަމުގައެވެ. އަދި އޭގެ ނުބައި އަސަރު މުސްތަގުބަލުގައި ނުހަނު އަވަހަށް ފެންނަން ފަށާނެ ކަމަށް ވެސް އެ ޕެޓިޝަންގައި އިޝާރާތްކޮށްފައިވެއެވެ.

މި ޕެޓިޝަން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

އެހެންނަމަވެސް މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވަނީ ޤުރްއާން މާއްދާއިން އެސްއެސްއީ ޓެސްޓު ކޮންމެހެން ހަދަން ނުޖެހޭކަމަށް ބުނެ 400 މީހުންގެ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުޙައްމަދު ނަޝީދަށް ހުށައަޅާފައެވެ.

މިއަދު އޮންލައިން