ސްކޫލްތައް ބަންދުކުރުމަށް މެޑިކަލް އެސޯސިއޭޝަނުން ވެސް ގޮވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ސްކޫލްތައް ބަންދުކުރުމަށް މެޑިކަލް އެސޯސިއޭޝަނުން ވެސް ގޮވާލައިފި

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ ސްކޫލްތަކާއި އާއްމު އެއްވުންތައް ނުބޭއްވުމަށް، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފިއެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮރޯނާ ވައިރަސްގެ އައުޓްބްރޭކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އާއްމު އެއްވުންތަކާއި ސްކޫލްތައް ނުބޭއްވުން ރަނގަޅު ކަމަށެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މިކަމަށް ގޮވާލާފައިވާއިރު މީގެކުރިން ރާއްޖޭގެ ބައެއް ޑޮކްޓަރުންވެސް ވަނީ ސްކޫލްތައް ބަންދު ކުރުމަށް ގޮވާލާފައެވެ. 

އެހެންނަމަވެސް ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރަންޖެހޭ ހާލަތަކަށް އަދި ރާއްޖެ ނުދާ ކަމަށެވެ.

މިއަދު އޮންލައިން