ޕޮޒިޓިވްވި މީހަކު އިތުރަށް މޮނިޓާ ކުރުމަށް ދަރުމަވަންތައަށް ބަދަލު ކުރަނީ!

ކިޔުމަށް ހޭދަވާނީ 1މ 12ސ
ޕޮޒިޓިވްވި މީހަކު އިތުރަށް މޮނިޓާ ކުރުމަށް ދަރުމަވަންތައަށް ބަދަލު ކުރަނީ!

އއ. ސޭންޑީސް ބަތަލާ ރިސޯޓުން ކޮރޯނާވައިރަސް ނުވަތަ ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކު އިތުރަށް މޮނީޓާ ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ އަދި ކޮރޯނާ ވައިރަހާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ކަނޑައަޅާފައިވާ މަންދޫބު މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވީ، ދަރުވަމަންތަ ހޮސްޕިޓަލަށް ބަދަލު ކުރަން ނިންމާފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ކޮރޯނާއަށް ޕޮޒިޓިވްވި ދެމަފިރިންގެ ތެރެއިން ފަރުކޮޅުފުށީގައި ފަރުވާދެމުންދިޔަ އުމުރުން 70 އަހަރުގެ ފިރިހެން މީހާ ކަމަށެވެ.

މީގެއިތުރުން އެފިރިހެން މީހާއާ އެކު އޭނާގެ އަންހެނުން ވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރާނެ ކަމަށާއި، އެ މީހުން ތިބޭނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ފެސިލިޓީގައި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެ ދެ މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އެމީހުން އެ ހޮސްޕިޓަލަށް ގެންދާނީ އާންމުންނާއި މުވައްޒަފުންނަށް ވެސް ބޭނުން ކުރާނެ ދޮރަކުން ނޫން ކަމަށްވެސް ސަރުކާރުން މިރޭ ވަނީ ބުނެފައެވެ.

"ބަލިމީހާ ފުރަތަމަ އެމްބިއުލާންސްގައި ގެންދެވިފައި، ވަންނަ އެންޓްރެންސަކީ ވެސް މުޅިން ތަފާތު އެންޓްރެންސެއް. ބަލި މީހާ ގޮވައިގެން ދާނެ ލިފްޓަކީ ވެސް މުޅިން ތަފާތު އެންޓްރެންސެއް" ސަރުކާރުން ބުނެއެވެ.

މިއަދު އޮންލައިން