ރީތިރަށް ރިސޯޓަށްވެސް މިހާރު އަރާ ފޭބުން ބަންދުކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 13ސ
ރީތިރަށް ރިސޯޓަށްވެސް މިހާރު އަރާ ފޭބުން ބަންދުކޮށްފި!

ވަންޑް އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނުމުން، އެރިސޯޓަށް ވެސް މީހުން އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، އޭނާ ކަރަންޓީނުކޮށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލެވިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

ރީތިރަށް ރިސޯޓާއެކު ރާއްޖޭގައި ފަސް ރިސޯޓަކަށް ވަގުތީ ގޮތުން އަރައި ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އެގޮތުން ދެން އަރައި ފޭބުން މަނާކޮށްފައިވާ ރިސޯޓުތަކަކީ ކުރެއްދޫ އައިލެންޑް ރިސޯޓް (ޅ. އަތޮޅު)، ސޭންޑީޒް ބަތަލާ އައިލެންޑް (އއ. އަތޮޅު)، ވިލަމެންދޫ އައިލެންޑް ރިސޯޓް (އދ. އަތޮޅު) އަދި ކުރަމަތި މޯލްޑިވްސް (އއ. އަތޮޅު) އެވެ.

 

މިއަދު އޮންލައިން