ކުރަމަތި ރިސޯޓުން ދިވެއްސަކު ކަރަންޓީނު ފެސިލިޓީއަށް ގެންގޮސް ޓެސްޓު ކުރަނީ!

ކިޔުމަށް ހޭދަވާނީ 1މ 3ސ
ކުރަމަތި ރިސޯޓުން ދިވެއްސަކު ކަރަންޓީނު ފެސިލިޓީއަށް ގެންގޮސް ޓެސްޓު ކުރަނީ!

އއ. އަތޮޅުގައި ގާއިމްކޮށްފައިވާ ކުރަމަތި އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކު، ކަރަންޓީނު ފެސިލިޓީއަކަށް ގެންގޮސް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިކަމާއި ގުޅޭގޮތުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓުން އެމީހާ ޓެސްޓު ކުރަނީ ކޮވިޑް 19ގެ އަލާމާތްތަކެއް ފެނިފައިވާ ފަތުރުވެރިޔަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ކުރަމަތި އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކު ބައްޔަށް ޓެސްޓު ކުރަން ފަށާފައިވާއިރު، އެ ރިސޯޓުގައި ހުރި ބިދޭސީ އެއްގެ ފަރާތުން ކޯވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

އެ ރިސޯޓަށް ވެސް މީހުން އަރައި ފޭބުން ވަގުތީ ގޮތުން މިހާރު އޮތީ މަނާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަހަށް ވަނީ ހަ މީހަކު ޕޮޒިޓިވްވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.

މިއަދު އޮންލައިން