ޗައިނާއިން ރާއްޖެއައި ދެމައިން ފަރުކޮޅުފުށީގައި ކަރަންޓީނު ކުރުމަށްފަހު ދޫކޮށްލައިފިއެވެ. އުސޫލުތަކުގެ ދަށުން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ދޫކޮށްލާފައިވަނީ ދެ ދިވެހިންނެވެ.
މިކަމާ ގުޅިގެން ކޮވިޑް-19 ގުޅޭގޮތުން މައުލޫމާތު ދެއްވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މީގެކުރިން ވިދާޅުވީ، އެ ދެމީހުން ވެސް ކަރަންޓީނު ކުރީ ބަލި ފެތުރިފައިވާ ގައުމަކުން އައުމުން ކަމަށާއި އެއީ އެދެމައިންގެ ގައިން ބަލީގެ އަލާމާތެއް ފެނިގެން ނޫން ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ހަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު ސަރުކާރުން އަންނަނީ، މިބަލީގެ އަލާމާތްތައް ފެންނަން ހުންނަ މީހުން ފަރުކޮޅުފުށީގައި ކަރަންޓީނުކޮށް މޮނިޓާ ކުރަމުންނެވެ.
ކޮވިޑް-19 ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީޒް ބަތަލާއަށް އަރާފޭބުން މަނާކޮށް، އެ ދެ ރިސޯޓުގައި މީހުން ސްކްރީންކޮށް ކޮންޓެކްޓު ޓްރޭސް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.