މަޤާމަށްވުރެ ރައްޔިތުންގެ ސަލާމަތަށް އިސްކަން ދެއްވާ! ކޮރޯނާވައިރަސްއަކީ އާދައިގެ ބައްޔެއްކަމަށް ބުނެ އޮޅުވައި ނުލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
މަޤާމަށްވުރެ ރައްޔިތުންގެ ސަލާމަތަށް އިސްކަން ދެއްވާ! ކޮރޯނާވައިރަސްއަކީ އާދައިގެ ބައްޔެއްކަމަށް ބުނެ އޮޅުވައި ނުލާ!

ކޮރޯނާ ވައިރަސްއަކީ އާދައިގެ ބައްޔެއް ކަމަށް ބުނެ ބަލީގެ ނުރައްކާތެރިކަން ރައްޔިތުންނަށް އޮޅުވައިނުލާށެވެ! ދުނިޔޭގެ ތަޖުރިބާކާރު ޑޮކްޓަރުން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ސަމާލުކަން ދޭށެވެ. 

ޑޮކްޓަރުންގެ މެދުގައިވެސް ޚިލާފް ހުރެދާނެއެވެ. ވިސްނުން ތަފާތުވެދާނެއެވެ. ނަމަވެސް ކަންކަން އެންމެ ބޮޑަށް އެނގޭނީ އެކަމެއް އެންމެ ބޮޑަށް ތަޖުރިބާކުރަމުން ގެންދާ ބައަކަށެވެ. ތަހްލީލް ކުރުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރާ ބައަކަށެވެ. 

އެގޮތުން ކޮރޯނާ ވައިރަސް އާއި ގުޅިގެން ބައްޔަށް ވެކްސިނެއް ހޯދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަމުން ގެންދަވާ ޑރ. ރިޗާޑް ހެޗެޓްގެ ވާހަކަފުޅު ހިމެނޭ ޓްވީޓް މި ޚަބަރުގައި ވެސް ހިމަނާފައިވާނެއެވެ! އަޑު އައްސަވައިލައްވާށެވެ!  ޑޮކްޓަރުގެ ބަސްފުޅާއި ގުޅިގެން މިއަދުނޫހުން ވާނީ މީގެ ކުރިންވެސް ޚަބަރެއް ގެނެސްދީފައެވެ. 

މިއީ އޭނާގެ މުޅި ޙަޔާތުގައި ކުރިމަތިވި އެންމެ ނުރައްކާ މައްސަލަކަމަށާއި ކޮރޯނާ ވައިރަސްގައި ނުރައްކާތެރި އެތައް ބާވަތެއް ހިމެނިފައިވުމުން އެކަމުގައި ހުރި ނުރައްކާތަކާއި ހުރި ގޮންޖެހުންތައް ވަނީ ފާހަގަކުރައްވައިފައެވެ. ޔަޤީންކޮށްލައްވާށެވެ. 

އަލުން ހަނދާންކޮށްދޭން މިޖެހުނީ ސިޔާސީ މަޤާމުތަކުގައިތިބި މަޤާމަށް އަޅުކަންކުރާ ބައެއް މީހުން ކޮރޯނާވައިރަސް އަކީ އާދައިގެ ބައްޔެއް ކަމަށް ބުނެ މިއަދު މެސެޖްތައް ހާމަކުރަން ފެށުމުންނެވެ. އެމީހުން އެދައްކާ ވާހަކަ އާއި ޓްވީޓް ކުރާ ވީޑިއޯތަކަށް އިތުބާރުކުރުމުގެ ކުރިން ޑރ. ރިޗާޑްގެ ބަސްފުޅުވެސް އަޑު އަހައިލުން މުހިންމުވުމުންނެވެ. 

އިއްޔެ ވެސްވަނީ ކަންބޮޑުވާން ޖެހޭ ޒާތުގެ ވާހަކަތަކެއްގެ އަޑުއިވިފައެވެ. ދިވެހިންނަށް ވެސް ދެން ދިރިއުޅެން ޖެހޭނީ ކޮރޯނާވައިރަސް އާއިއެކުގައި ކަމަށް ދޭހަވާ ގޮތަށް ދައްކާ ވާހަކަތަކަކީ  ޤަބޫލުކޮށްގެންވާނެ ވާހަކަތަކެއް ނޫނެވެ. 

މުސްލިމުންނަކީ ބަލި ޖެހިދާނެކަން ޤަބޫލުކުރުމާއިއެކު ބަލިން ސަލާމަތް ކޮށްދެއްވަވާނެ ކަމަށް އުންމީދުވެސް ކުރަން ޖެހޭ ބައެކެވެ. އަދި އެކަމަށް އެދި ދުޢާވެސް ކުރަންޖެހޭ ބައެކެވެ. މުޞީބާތުން ސަލާމަތްކޮށް ދެއްވަވާނެ ކަމުގެ އުންމީދު ދޫކޮށްލުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.

ޑރ. ރިޗާޑްގެ ވާހަކަ ހިމެނޭ ޓްވީޓް: 

 

މިއަދު އޮންލައިން