ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވިގެން ރާއްޖޭގައި މިހައިތަނަށް 71 ސާމްޕަލް ޓެސްޓް ކުރެވިފައިވާއިރު އެއިގެ ތެރެއިން 65 ސާމްޕަލް ނެގަޓިވެ ކަމަށާއި ޕޮޒިޓިވްވީ 6 ސާމްޕަލް ކަމަށާއި ނަތީޖާ ނުލިބޭ ސާމަޕަލެއް ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.
"ދުނިޔޭގެ މިއަދުގެ ޙާލަތަކީ 114000 މީހުން ޕޮޒިޓިވް، 64000 މީހުން ގަދަވެއްޖެ، މަރުވީ 4000 މީހުން، ދެން ތިބި މީހުންނަށް ދަނީ ފަރުވާ ދެވެމުން."
"ވިލަމެންދޫން އެކަހެރިކުރެވުނީ ކުރެއްދޫއަށް ގޮސްފައިވާ މީހެއް. އޭނާ އެނބުރި ވިލަމެންދޫއަށް ގޮސްފައި ހުއްޓާ ޝައްކުކުރެވޭ ޢަލާމާތްތައް ފެނުނީ."