ކުރެއްދޫ ރިސޯޓުގައި އެކަހެރި ކުރި 90 މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމުގެ އުފާވެރި ޚަބަރު ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭމައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކުރެއްދޫ އައިލެންދް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ އިޓަލީގެ ފަތުރުވެރިއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުގެ 90 މީހަކު އައިސޮލޭޓް ކުރި ކަމަށާއި މީގެ ތެރެއިން 60 މީހަކު ކުރެއްދޫގައި އައިސޮލޭޓް ކުރި ކަމަށެވެ. އަދި 25 މީހަކު އެވަގުތު އެމީހުން ތިބި ތަނެއްގައި އައިސޮލޭޓް ކުރި ކަމަށާއި ނަމަވެސް މީގެން އެއްވެސް މީހެއްގެ ފަރާތުން އެ ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށެވެ.
ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހަކު މި ބައްޔަށް ޕޮޒިޓިވް ވި އިރު އޭނާއާއި ކޮންޓެކްވި 15 މީހަކު ވަނީ އެކަހެރިކުރި ކޮށްފައެވެ.
ކުރެއްދޫގެ ހަތަރު މީހަކަށް މި ވައިރަސް އަރާފައި ވަނީ ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހާގެ ފަރާތުންނެވެ.