ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވިކަން މިރޭ އިޢުލާނުކުރި 2 މީހުންނަކީ ކުރެއްދޫ ރިޒޯޓުން ސާމްޕަލް ނެގި 2 ބިދޭސީން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
ޖުމުލަ 6 މީހުން މިހައިތަނަށް ޕޮޒިޓިވްވެފައިވާއިރު އެއީ ކުރެއްދޫގެ 4 ބިދޭސީންނާއި ބަތަލަ ރިޒޯޓުގެ 2 ބިދޭސީންނެވެ.
އެޗްޕީއޭ އިން މީގެ 2 ގަޑިއިރު ކުރިން މިރޭ ބުނެފައިވަނީ ފަރުކޮޅު ކަރަންޓީނުގައި 2 މީހަކު އެބަ ތިބި ކަމަށާއި ފަރުކޮޅު އައިސޮލޭޝަންގައި 9 މީހަކު އެބަތިބި ކަމަށެވެ.