ފިހާރަތަކުގަ ހުންނަ މުދާ ގަނެގެން ރައްޔިތުންނަށް ބަހަން ޖެހިއްޖެ ނަމަ އެކަންވެސް ސަރުކާރުން ކުރާނެ: އިކޮނޮމިކް މިނިސްޓްރީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ފިހާރަތަކުގަ ހުންނަ މުދާ ގަނެގެން ރައްޔިތުންނަށް ބަހަން ޖެހިއްޖެ ނަމަ އެކަންވެސް ސަރުކާރުން ކުރާނެ: އިކޮނޮމިކް މިނިސްޓްރީ

ފިހާރަތަކުން ތަކެތި ގަނެގެން ރައްޔިތުންނަށް ބަހަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ ކަމަށާއި ނަމަވެސް ޤައުމުގެ ކަންކަން އަދި އެހާލަތަށް ނުދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. 

އިކޮނޮމިކް މިނިސްޓްރީން މިއަދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ބާޒާރުގެ އަގުތަކަށް އަންނަމުންދާ ބަދަލު އެމިނިސްޓްރީން ބަލަމުން ގެންދާ ކަމަށާއި ޚާއްޞަ ފިޔަވަޅެއް އަޅަން ޖެހޭ ފަދަ ކަމެއް އަދި ކުރިމަތިނުވާ ކަމަށެވެ. 

އެހެން ނަމަވެސް އަސާސީ މުދަލުގެ އަގު ބޮޑުކުރާނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. "ސެނެޓައިޒަރ އަގުބޮޑުކުރުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން. ސައިބޯނީގެ އަގުބޮޑުކުރީމާ އަޅުގަނޑުމެން ކަންބޮޑުވާނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ ފިހާރަތަކަށް ވަދެ މުދާ ވިއްކަންވީ އަގުތައް ކަނޑައަޅާކަށް. ނަމަވެސް ކުރަން ޖެހިއްޖިއްޔާ އެކަންވެސް ކުރާނަން." ކަމަށްވެސް ބުނެފައިވެއެވެ.  

 

 

މިއަދު އޮންލައިން