އެސްޓީއޯ މެދުވެރިކޮށްގެން ނަމަވެސް ރޯދަމަހަށް ޚާއްޞަކޮށްގެން ގިތެޔޮ މިރުސް އެތެރެކޮށް ގިތެޔޮ މިރުސް ނުލިބުމުގެ މައްސަލަ ޙައްލުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީން ބުނީ ކަނޑޫދޫ ގިތެޔޮ މިރުހުގެ މައްސަލައަކީ މިދިއަ އަހަރު އެންމެ ކަންބޮޑުވާންޖެހުނު އަދި ހައްލުކުރަން އުނދަގޫވި މައްސަލަ ކަމަށާއި މިއަހަރު އެރަށުގެ މީހުންނާއިވެސް މަޝްވްރާކުރާނެ ކަމަށާއި ބޭރުން ގެނެސްގެން ނަމަވެސް މައްސަލަ ހައްލުކުރާނެ ކަމަށެވެ.
މާރުކޭޓޫގެ ބައެއް އެޖެންޓުން ބުނާ ގޮތުގައި ކަނޑޫދޫ ގިތެޔޮ މިރުސް ކިލޯއެއްގެ އަގު މިއަހަރު 2000 ރުފިޔާއަށްވުރެ މައްޗަށް އުފުލޭނެއެވެ.