އެއްވެސް މުދަލަކަށް ދަތިވާނެ ކަމަކަށް އަދި ނުބެލެވޭ!: ލިލީ ގްރޫޕް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 57ސ
އެއްވެސް މުދަލަކަށް ދަތިވާނެ ކަމަކަށް އަދި ނުބެލެވޭ!: ލިލީ ގްރޫޕް

ލިލީ ގްރޫޕުން އެތެރެކުރާ އެއްވެސް މުދަލެއް ލިބުން ދަތިވާނެ ކަމަށް އަދި ނުބެލެވޭ ކަމަށް ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ގްރޫޕް، ލިލީ ގްރޫޕުން ބުނެފިއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕުން ބުނީ އެ ގްރޫޕަކީ ބައިނަލްއަޤްވާމީ ވަރަށް ގިނަ މަރުކާތަކުގެ މުދާ އެތެރެކުރާ ފްރޫޕެއް ކަމަށާއި އޯޑަރުތައް ހުންނާނީ މަސްތަކަށް ޕްރޮގްރާމްކޮށް އޯޑަރުކޮށްފައި ކަމަށެވެ. އަދި ހުރިހާ އޯޑަރުތަކަށްވެސް މުދައު އަންނަނީ ލިބެމުން ކަމަށާއި އެއްވެސް ބާވަތެއްގެ މުދާ ނުލިބިދާނެ ކަމުގެ އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށެވެ. 

ލިލީ ގްރޫޕަކީ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ވެސް އެތެރެކުރާ ކުންފުންޏެކެވެ. ބޭރުން މުދަލުގެ އަގުބޮޑުވުމުން ނޫނީ މުދަލުގެ އަގުބޮޑު ނުކުރާ ކުންފުންޏެއްކަންވެސް ފާހަގަކުރެވެއެވެ! 

ޕްރެސް ކޮންފަރަންސްގައި ބައިވެރިވި އެހެން ކުންފުނިތަކުންވެސް ބުނީ މުދައު ލިބުމުގައި ދަތިކަމެއް ނެތަކަމަށާއި އަގު އުފުލެން ޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ބޭނުމެއް ނެތި ގަނޑުކޮށް މުދައުގަނެ ޖަމާނުކުރުމަށް އެދޭ ކަމަށެވެ.

 

މިއަދު އޮންލައިން