ކޮރޯނާގެ އަލާމާތްތަކެއް ފެނިގެން މާލެއިން މީހަކު ކަރަންޓީނު ކުރަނީ!

ކިޔުމަށް ހޭދަވާނީ 38ސ
ކޮރޯނާގެ އަލާމާތްތަކެއް ފެނިގެން މާލެއިން މީހަކު ކަރަންޓީނު ކުރަނީ!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ގެ އަލާމާތްތައް ފެނިގެން ޔުނިވާސަލް މާލޭ އޮފީހުގެ މުވައްޒިފަކު ކަރަންޓީނު ކުރުމަށް ފަރުކޮޅުފުށްޓަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮރޯނާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޚާއްސަކޮށްފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް، ދަރުބާރުގޭގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ މުވައްޒަފަކީ ރާއްޖެއިން ދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާއާ ޔުނިވާސަލްގެ ޓިކެޓިން އޮފީހުން ބައްދަލުވެ އޭނާއާ މުއާމަލާތް ކުރި މުވައްޒަފު ކަމަށެވެ. އަދި އޭނާގެ ކިބައިން ކޮރޯނާގެ އަލާމަތްތައް ފެންނަން ހުރި ކަމަށް ވިދާޅުވި އެވެ.

އިޓަލީގެ ފަތުރުވެރިޔާއަށް ނުފުރިގެން އޭނާ ވަނީ ދެ ދުވަސް ވަންދެން މާގިރި ހޮޓަލުގައި ވެސް މަޑުކޮށްފައެވެ.

މިއަދު އޮންލައިން