ކުރެއްދޫއިން ކޮރޯނާއަށް ޕޮޒިޓިވްވި އިޓަލީ މީހާ ދެ ދުވަހު މާލޭގައި ހުރި!

ކިޔުމަށް ހޭދަވާނީ 31ސ
ކުރެއްދޫއިން ކޮރޯނާއަށް ޕޮޒިޓިވްވި އިޓަލީ މީހާ ދެ ދުވަހު މާލޭގައި ހުރި!

ކުރެއްދޫއިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔަކު ދެ ދުވަހު މާލޭގައި ވެސް ހުރި ކަމަށާއި، އެހެންކަމުން އޭނާއާއި ކޮންޓެކްޓްވި 16 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަ ކޮށްފިއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ވައިރަހަށް ޕޮސިޓިވްވި އިޓަލީ މީހާ ނުފުރިގެން މާގިރި ހޮޓެލްގައި މަޑުކުރި ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެހޮޓެލްގައި މަސައްކަތް ކުރާ 15 މީހަކު މިހާރު ސެލްފް އައިސޮލޭޝަންއަށް ދާން އަންގާފައިވާ ކަމަށެވެ.

 

 

 

މިއަދު އޮންލައިން