ޔޫއޭއީ އިން ހިލޭ އެހީގެ ގޮތުގައި 771 މިލިއަން ރުފިޔާ ރާއްޖެއަށް ދީފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ޔޫއޭއީ އިން ހިލޭ އެހީގެ ގޮތުގައި 771 މިލިއަން ރުފިޔާ ރާއްޖެއަށް ދީފި!

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހިލޭ އެހީގެ ގޮތުގައި 771 މިލިއަން ރުފިޔާ ރާއްޖެއަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. 

މިއެއްބަސވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފަންޑްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލްސުވައިދީ އެވެ. 

ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގައެވެ.

ކުރިން އަބޫދާބީ ސަރުކާރުން ރާއްޖެއަށް ދިނުމަށް ނަިންމާފައިވަނީ 385 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް  އެ އެހީ ދެގުނަ ބޮޑުކޮށް، 771 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަން އަބޫދާބީ ސަރުކާރުން އެގީ މިދިޔަ އަހަރު ނޮވެމްބަރު މެހެވެ.

 

މިއަދު އޮންލައިން