ކޮރޯނާ ވައިރަސް އާއި ގުޅުންހުރި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސްޓާފުންނާއި ވޮލަންޓިއަރުންގެ ކެއުމާއި ސައި ހަދާނެ ފަރާތެއް ހޯދަން ހެލްތު މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އެ މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ވޮލަންޓިއަރުންގެ ކެއުމާއި ސައިގެ ކަންކަން ހަމަޖައިދޭން ޝައުގުވެރިވާ ފަރާތްތަކުން އެއްދުވަސް ތެރޭގައި އެ މިނިސްޓްރީގައި ރެޖިސްޓްރީ ކުރަން އެދޭ ކަމަށެވެ.
މިކަމަށް ޝައުގުވެރިވެ ރެޖިސްޓްރީ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ސެޝަން އެއް މިމަހުގެ 11 ވަނަ ދުވަހު އޮންނާނެ ކަމަށާއި އަންދާސީ ހިސާބު މިމަހުގެ 15 ވަނަ ދުވަހު ހެނދުނު ބަލައިގަންނާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.