ކުރެއްދޫގަ ވަޒީފާއަދާކުރާ ފޯކައިދޫ މީހަކު ކޮރޯނާވައިރަސްއަށް ޓެސްޓްކުރަން ފަރުކޮޅުފުށްޓަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މި މީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފެއްކަމަށެވެ.އަދި މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުންދާނެކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިޓްވީޓަށްފަހު އެޗްޕީއޭ އިން އިނގިރޭސިބަހުން ކުރި ޓްވީޓުގައި ބުނެފައިވަނީ އޭނާ ފަރުކޮޅުފުށްޓަށް ގެންގޮސްފައިވާ ކަމަށެވެ.
މިއަދުނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި އޭނާ ގެނައީ ރަށުގައި ހުއްޓައި ހުން އައުމުންނެވެ. އޭނާގެ ގާތް މީހަކު ބުނީ އޭނާއަށް ބޮޑަށް ޤަބޫލުކުރެވެނީ އޭނާ ހުން އައީ ކުރެއްދޫއަށް ކުރިމަތިވި ޙާލަތާއި ގުޅިގެން ބިރުން ކަމަށެވެ.
A Maldivian national in self-isolation after developing #COVID19 like symptoms in Sh. Foakaidhoo is being transferred to Farukolhufushi for monitoring and testing. The person is an employee of Kuredu Island Resort.
— HPA Maldives (@HPA_MV) March 8, 2020
We will be providing further updates.