ކަރަންޓީނުކޮށްފައިވާ ކުރެއްދޫ ރިޒޯޓުގައި ފަތުރުވެރިންގެ ގޮތުގައި 4 ދިވެހިން އެބަ ތިބިކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަލީ ވަޙީދު މިއަދު ވިދާޅުވީ ކުރެއްދޫގައި 699 ފަތުރުވެރިން ތިބިއިރު އެންމެ ގިނައިން ތިބީ އިނގިރޭސިވިލާތާއި ޖަރުމަން ވިލާތުގެ ފަތުރުވެރިން ކަމަށާއި މިއިން ކޮންމެ ޤުމަކުންވެސް 200 އަށްވުރެ ގިނަ ފަތުރުވެރިން އެބަ ތިބި ކަމަށެވެ.
އެކި މަސައްކަތްތަކުގައި އެ ރިޒޯޓުގައި 271 ދިވެހިންނާއި457 ބިދޭސީން އެބަތިބި ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ. އަދި ރިޒޯޓު ކަރަންޓީނުކުރެވިފައި އޮތް ނަމަވެސް ރިޒޯޓުގައި ތިބި އެއްވެސް މީހަކަށް އެއްވެސް ކަމަކަށް ދަތިނުވާނެ ގޮތަށް ކަންކަން ސަރުކާރުން އިންތިޒާމުކުރާނެ ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.