ރާއްޖޭގައިހަލާލް ސެޓްފިކެޓަށް ޓެސްޓްކުރުމަށް ޚާއްސަ ލެބޯޓްރީއަށް ޤާއިމްކުރުމަށް ބްރޫނާއީގެ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގެންފިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު ބްރޫނާއީ ދާރުއްސަލާމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް 2 ދާތޯ ސެރީ ސެތިއާ ހާޖީ އެރިވަން ބިން ޕެހިން ދާތޫ ޕެކަރްމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފް އާއި ވަނީ ބައްދަލުކުރައްވައިފިއެވެ.
ބަންދަރްސެރީ ބެގަވާންގައި އޮތް މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ކާބޯތަކެތި ހަލާލް ސެޓްފިކެޓަށް ޓެސްޓްކުރުމަށް ޚާއްސަ ލެބޯޓްރީއަށް ޤާއިމްކުރުމަށް ބްރޫނާއީގެ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. އަދި މީގެ އިތުރުން މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ދެއްވާ ސްކޮލަރޝިޕްތަކަށް ޝުކުރު އަދާކުރައްވައި، އިތުރު ސްކޮލަރޝިޕްގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތައުލީމުގެ ފުރުސަތުތައް ހޯދައިދެއްވުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ވިދާޅުވެ، އިޖްތިމާޢީ ތަރައްޤީއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ބްރޫނާއީގެ ވަޒީރާ މިނިސްޓަރ ޝާހިދު ހިއްސާކުރެއްވިއެވެ.
ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުންނާއި ދެޤައުމުގެ ޚާރިޖިއްޔާގެ މެދުގައި ގުޅުން ހަރުދަނާކުރުމާ ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރާއްޖެ އާއި ބްރޫނާއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ މާޗް 31، 1984 ގަ އެވެ.