ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ކުރަމުން އަންނަ ޤުނޫތު ނާޒިލާ ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މީގެ ކުރިން އިސްލާމިން މިނިސްޓްރީން ނިންމާފައިވަނީ ޖަހްރިއްޔާ ނުވަތަ އަޑުހަރުކޮށް ކުރާ ނަމާދުތަކުގައި އެކަނި ޤުނޫތު ކިޔުމަށެވެ. އެހެން ނަމަވެސް މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ޤުނޫތު ނާޒިލާ ކިޔަވާގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މީގެ ކުރިންވެސް، ރާއްޖޭގައި ބޮޑެތި ބަލިތައް ފެތުރުމުންނާއި، ބޮޑެތި ކާރިސާތައް ކުރިމަތިވުމުން ނަމާދުގައި ގުނޫތު ވަނީ ކިޔާފައެވެ
ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ކުރަމުން އަންނަ ޤުނޫތު ނާޒިލާ މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާގޮތަށް ހަމަޖައްސައިފި.#MVIaffairs
— Ministry of Islamic Affairs (@MVIaffairs) March 8, 2020