ސަރުކާރުގެ ވިސްނުމަކީ ސިވިލްސާވަންޓުންގެ މުސާރަ އާ އިތުރުގަޑީގެ ފައިސާ އުނި ނުކުރުން!: ޢަލީ ވަޙީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ސަރުކާރުގެ ވިސްނުމަކީ ސިވިލްސާވަންޓުންގެ މުސާރަ އާ އިތުރުގަޑީގެ ފައިސާ އުނި ނުކުރުން!: ޢަލީ ވަޙީދު

ކޮރޯނާ ވައިރަސް އާއި ގުޅިގެން ސަރުކާރުގެ ވިސްނުމަކީ ސިވިލްސާވަންޓުންގެ މުސާރަ އާއި އިތުރުގަޑީގެ ފައިސާ އުނި ނުކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ވަޙީދު މިމޭރުމުން ވިދާޅުވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ސިޔާސީ މުވައްޒިފުންގެ މުސާރަ ސިންގަޕޫރުގައިވެސް ކުޑަކޮށްފައިވާކަން ފާހަގަކޮށް ރާއްޖޭގައި އަޅަން ޤަޞްދުކުރާ ފިޔަވަޅުތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

"މިއީ މިވަގުތާއި ހަމައަށް ސަރުކާރުގެ ނިންމުން އޮތްގޮތް. ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެ!" 

ޢަލީ ވަޙީދު ވިދާޅުވީ ޙާލަތާއި ގުޅިގެން ދރަންޏަށް ފައިސާ ހޯދަންޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށާއި އާމްދަނީ އިތުރުކުރަން ކުރެވެން ހުރި ކަންކަންވެސް ކުރާނެ ކަމަށެވެ. ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް ނުހުއްޓައި ކުރިއަށް ގެންދަން ކުރެވެންހުރި މަސައްކަތްތައް ކުރާނެ ކަމަށެވެ. 

މިއަދު އޮންލައިން