ކޮރޯނާއާއި ގުޅިގެން އެއްލައްކައަށްވުރެ ގިނަ ބުކިންގ ކެންސަލް ވެއްޖެ!

ކިޔުމަށް ހޭދަވާނީ 59ސ
ކޮރޯނާއާއި ގުޅިގެން އެއްލައްކައަށްވުރެ ގިނަ ބުކިންގ ކެންސަލް ވެއްޖެ!

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އެއްލައްކައަށްވުރެ ގިނަ ބުކިން ކެންސަލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާއި ގުޅޭގޮތުން ރައީސް އޮފީހުގައި މިހާރު ބާއްވާފައިވާ ނޫސްވެރިންގެ ބައްދަލަުވުމުގައި ވާހަަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިބަލި ފެތުރެމުން ދިޔުމާއި ގުޅިގެން، ރާއްޖެއަށް ފަތުރުވެރިން އައުމަށް ހަދާފައިވާ ބުކިންގތަކުގެ ތެރެއިން އެއްލައްކައަށްވުރެ ގިނަ ބުކިން މިހާރު ކެންސަލް ވެފައިވާ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިބަލި މިހާރުވެސް އެންމެ ގަދަޔަށް ފެތުރެމުން އަންނަ ބައެއް ޤައުމުތަކުން މީހުން ރާއްޖެ އައުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށާއި، ހުރިހާ ޤައުމެއްގެ ފަތުރުވެރިން ރާއްޖެއައުން މަނާކޮށްފިނަމަ އިޤްތިސާދަށް ވަރަށް ދަތިކަން ފޯރާނެ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ފަތުރުވެރިން އައުން މިވަގުތު މަނާކުރެވެން ނެތް ކަމަށާއި އެހެން ނަމަވެސް އެންމެ ގަދަޔަށް މިވައިރަސް ފެތުރެމުން އަންނަ ދެ ޤައުމު ކަމުގައިވާ ޗައިނާ އާއި އިޓަލީން މީހުން އައުން މަނާ ކޮށްފައިވާ ކަމަށެވެ.

މިއަދު އޮންލައިން