ޓޫރިޒަމް މިނިސްޓްރީ ހިންގުން ސައުވީސް ގަޑިއިރަށް! ހާލަތު ބޮއްސުންލައިގެން ދިއުމުގެ ފުރުޞަތު ސަރުކާރަކުން ނުދޭނެ!: ޢަލީ ވަޙީދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޓޫރިޒަމް މިނިސްޓްރީ ހިންގުން ސައުވީސް ގަޑިއިރަށް! ހާލަތު ބޮއްސުންލައިގެން ދިއުމުގެ ފުރުޞަތު ސަރުކާރަކުން ނުދޭނެ!: ޢަލީ ވަޙީދު

ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިޤްޠިޞާދަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށާއި ބައްޔާއި ގުޅިގެން ސަރުކާރަކުން ކަންކަން ބޮއްސުންލައިގެން ދިއަ ނުދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަލީ ވަޙީދު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން ފަތުރުވެރިން އައުން ޖަނަވަރީ މަހުން ފެށިގެން ހުއްޓުވާފައި އޮތުމާއި ދެވަނައަށް އެންމެ ބޮޑު މާކެޓްކަމަށްވާ އިޓަލީގެ ފަތުރުވެރިން މިހާރު ހުއްޓުވާފައި އޮތުމުން ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށެވެ. 

"އެކަން ފޫބައްދަން ސޭފް ޒޯންތަކުން އިތުރުފަތުރުވެރިން ގެންނަން މިގެންދަނީ މަސައްކަތްކުރަމުން." 

"ވިލިވަރުގަ މިހާރު ވާނީ 30 ކޮޓަރީގެ ފެސިލިޓީއެއް ޤާއިމުކުރެވިފަ. ޙާލަތަށް ބަލައި މިހާރު ބަންދުކޮށްފައި ހުރި ރިޒޯޓުތަކުގައިވެސް ފެސިލިޓީ ތައްޔާރުކުރެވޭނެ. ރިޒޯޓުތަކުން އެދެނީ ކިރިޔާ ޝައްކެއްވި ނަމަވެސް އެޗްޕީއޭއަށް ވަގުތުން އަންގަމުން ގެންދިއުމަށް." ކަމަށްވެސް ޢަލީ ވަޙިދު ވިދާޅުވިއެވެ. 

ކަރަންޓީނު ކޮށްފައިވާ ކުރެއްދޫ ރިޒޯޓުގައި 699 ފަތުރުވެރިން މިހާރުވެސް އެބަތިބި ކަމަށާއި 700 އަސްވުރެ ގިނަ މުވައްޒިފުން އެބަ ތިބި ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ. "ކަރަންޓީނުކޮށްފައި އޮތްނަމަވެސް އެއްވެސް ކަމަކަށް ދަތިނުވާނެ ގޮތަށް އިންތިޒާމް ހަމަޖައްސާނަން!"

މިއަދު އޮންލައިން