އިޓަލީން އަންނަ ފްލައިޓްތަކަކީ މީހުން ބަލާ އަންނަ ފްލައިޓްތަކެއް: ސަރުކާރު

ކިޔުމަށް ހޭދަވާނީ 1މ 4ސ
އިޓަލީން އަންނަ ފްލައިޓްތަކަކީ މީހުން ބަލާ އަންނަ ފްލައިޓްތަކެއް: ސަރުކާރު

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް މިހާރު އެންމެ ގަދައަށް ފެތުރެމުން އަންނަ އެއްޤައުމު ކަމުގައިވާ އިޓަލީގެ ފްލައިޓުތައް މިއަދު ރާއްޖެ އަންނަނީ، ރާއްޖޭގައި ތިބި އެޤައުމުގެ ރައްޔިތުން ބަލާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ކޮވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއަށް އިޓަލީގެ ދެ ފްލައިޓެއް އަންނާނެ ކަމަށެވެ. ނަމަވެސް އެ ދެފްލައިޓަކީ ހުސްކޮށް ރާއްޖެ އަންނަ ދެ ފްލައިޓު ކަމަށެވެ. އަދި ރާއްޖޭގައި ތިބި އިޓަލީ ފަތުރުވެެރިންނާއެކު މިއަދު އެ ދެ ފްލައިޓު ފުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިޓަލީގެ ރައްޔިތުން އަނބުރާ އެޤައުމަށް ގެންދިޔުމަށް ދެ ފްލައިޓެއް މިއަދު އައިސްފައިވާއިރު، ސަރުކާރުން ވަނީ އިޓަލީން ރާއްޖެއަށް މީހުން އައުން ވެސް ވަގުތީ ގޮތުން މަނާ ކޮށްފައެވެ. މިނިންމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމެވީ، ދިވެހިންގެ ސިއްޙަތު މުހިންމުކަމަށް ފެންނާތީކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން އުތުރު އިޓަލީގައި 16 މިލިއަން މީހުން ވަނީ ކަރަންޓީން ކޮށްފައެވެ.

މިއަދު އޮންލައިން