ކޮރޯނާ ވައިރަސް އެއްރަށުން ފެނިއްޖެނަމަ އިތުރު ރަށްރަށަށް ފެތުރުމުގެ ފުރުޞަތު ބޮޑު! ސަމާލުކަން ދޭންޖެހޭނެ!: ޑރ. ޢަލީ ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކޮރޯނާ ވައިރަސް އެއްރަށުން ފެނިއްޖެނަމަ އިތުރު ރަށްރަށަށް ފެތުރުމުގެ ފުރުޞަތު ބޮޑު! ސަމާލުކަން ދޭންޖެހޭނެ!: ޑރ. ޢަލީ ލަޠީފް

ކޮރޯނާ ވައިރަސް އެއް ރަށުން ފެނިއްޖެ ނަމަ އިތުރު ރަށްތަކުން ފެނުމުގެ ފުރުޞަތު ބޮޑު ކަމަށާއި އެހެން ކަމުން މިއީ ސަމާލުކަން ދޭން ޖެހޭނެ ކަމެއް ކަމަށް އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރު ޢަލީ ޢަބްދުﷲ ލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ލަޠީފް މިރޭ ވިދާޅުވީ ކުރެއްދޫ ރިޒޯޓުގެ 2 ބިދޭސީއަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް އަރައިފޭބުން މިހާރު ވަނީ މަނާކުރެވިފައި ކަމަށާއި އެއީ އެރަށުގައި ބެލިޖެހިފައިވާ މީހުން ޓެސްޓްކޮށް ޙާލަތު ދެނެގަތުމަށް ކަމަށެވެ.

ޑރ. ޢަލީ ލަޠީފް ވިދާޅުވީ ބަލިޖެހޭ މީހުން ކަރަންޓީނުކޮށްގެން އެކަނި ހައްލެއް ނުހޯދޭނެ ކަމަށާއި ހައްލު ލިބޭނީ އެންމެން ގުޅިގެން މަސައްކަތްކުރުމުން ކަމަށެވެ. އެހެންކަމުން މީގެ ކުރިން ވެސް ޞިއްޙީ ކަންކަމުގައި ދިން އެއްބާރުލުން މިކަމުގައި ވެސް ރައްޔިތުންގެ ކިބައިން ބޭނުންވާ ކަމަށެވެ.

މިއަދު އޮންލައިން