ކޮރޯނާ ވައިރަސް ޖެހުމުން އެންމެ ނުރައްކާވާ ޙާލަތަށް ދަނީ 3 އިންސައްތަ އާއި 5 އިންސައްތަ އާއި ދެމެދުގެ މީހުންނެވެ. ތަންކޮޅެއް ނުރައްކާވަނީ 20 އިންސައްތަ މީހުންނަށެވެ 80 އިންސައްތަ މީހުންނަށް ޖެހެނީ އާދައިގެ ރޮގާއެއްގެ ގޮތުގައެވެ.
ބަލީގައި އެންމެ ނުރައްކާވަނީ އުމުރުން ދުވަސްވީ މީހުންނާއި ބައެއް ބަލިތަކުގައި އުޅޭ މީހުންނެވެ. އެއިގެ ތެރޭގައި ލޭމައްޗަށް ދިއުން، ހަކުރުބަލި އަދި ފުއްޕާމޭގެ ބަލިތައް ފަދަ ބަލިތައް ހިމެނެއެވެ.
އަރިދަފުސް ރޯގާ ނަމަވެސް ރޯގާއެއް ޖެހިއްޖެ ނަމަ ރަނގަޅީ ޢާންމުންގެތެރެއަށް ނުނުކުމެ ގޭގައި މަޑުކުރުމެވެ. އަދި ބޭނުންކުރާ ޓިޝޫ އަދި މާސްކް ފަދަ ތަކެތި އެއްލައިނުލާށެވެ! ކޮތަޅަކަށްލައި ރަނގަޅަށް ގޮށް ޖަހާފައި ޑަސްޓްބިނަކަށްލާށެވެ!
ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭނީ ކޮންމެވެސް ބައްޔެއްގައެވެ. ވީމާ ޒިޔާރަތްކުރުން މަދުކުރާށެވެ! ޚާއްޞަކޮށް ޢުމުރުން ދުވަސްވީ މީހުންނަށް އިތުރަށް ސަމާލުކަން ދޭށެވެ!
ރޯގާ ޖެހި ކެއްސާ ކޮންމެ މީހަކީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއް ނޫންނެވެ. ނަމަވެސް ރޯގާ ޖެހި ކެއްސާނަމަ އެކަމަށް ސަމާލުކަންދީ ޑޮކްޓްރެއްގެ އިރުޝާދު ހޯދާށެވެ! ޚާއްޞަކޮށް ދަތުރުކޮށްފައި އަންނަތާ 14 ދުވަސްތެރޭ ރޯގާ ޖެހިއްޖެ ނަމަ އެޗްޕީއޭގެ ހެލްޕްލައިނަށް ގުޅައި އެހީތެރިކަން ހޯދާށެވެ!
ޑޮކްޓަރުންގެ އިލްތިމާސް އަޑުއައްސަވާލައްވާ!