ޕޮޒިޓިވްވި 2 ބިދޭސީންގެ ޙާލު އަދި ރަނގަޅު! ކަންބޮޑުވުމެއް އަދި ނެތް!: އަމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޕޮޒިޓިވްވި 2 ބިދޭސީންގެ ޙާލު އަދި ރަނގަޅު! ކަންބޮޑުވުމެއް އަދި ނެތް!: އަމީން

ކޮރޯނާ ވައިރަސް އަށް ރާއްޖެއިން އަދި މިހައިތަނަސް ޕޮޒިޓިވްވި 2 މީހުންނަކީ ކުރެއްދޫ ރިޒޯޓުގައި މަސައްކަތްކުރާ ބިދޭސީ 2 މުވައްޒިފުންނެވެ! އެ 2 މީހުންގެ ޙާލަތު އަދި ސީރިއަސް ނޫން ކަމަށާއި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް އަދި ފެންނަން ނެތްކަމަށް މިރޭގެ ޕްރެސްކޮންފަރެންސްގައި ވަނީ ބުނެފައެވެ. 

"ކޮރޯނާއަށް ޕޮޒިޓިވްވި ކުރެއްދޫ ދެ މުވައްޒަފުންނަކީ ބިދޭސީން. އަދި އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް އެބަދޭ! މިއީ ހާސްވާން ޖެހޭ ހާލަތެއް ނޫން! އެއްވެސް ފަރާތަކުން ޕެނިކްވެ ކުރަން ނުޖެހޭކަންކަން ނުކުރުމަށް ސަރުކާރުން އެދެނީ!" 

ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ ސަމާ އައިލެންޑް ރިސޯޓުން 4 މުވައްޒަފަކު ވަނީ ޝައްކުވެގެން އެކަހެރިކޮށްފައި ކަމަށާއި ޓެސްޓްތައް ހެދުމަށް ފަހު ނަތީޖާ އާންމު ކުރާނެ ކަމަށެވެ. 

ރާއްޖޭގައި ތިބި 2 މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން ރާއްޖޭގެ ހާލަތު މިހާރު އޮތީ، ޔެލޯ އެލާޓްގައި ކަމަށާއި އަދި ކުރެއްދޫގެ ހާލަތު އޮތީ އޮރެންޖުގައި ކަމަށްވެސް އަމީން ވިދާޅުވިއެވެ. 

ޔެލޯ އެލާޓަކީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގައި ނެރޭ އެލާޓެވެ!

އޮރެންޖް އެލަރޓަކީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބެލި ފެތުރޭ ހާލަތެވެ. ކުރެއްދޫ ރިޒޯތު މިވަގުތު އޮތީ އެ ޙާލަތުގައެވެ.

 

 

މިއަދު އޮންލައިން