ފަރަންސޭސި 2 ފަތުރުވެރިއަކު ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ފަރަންސޭސި 2 ފަތުރުވެރިއަކު ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރަނީ!

ސަމަރ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިއަ ފަރަންސޭސިވިލާތުގެ 2 ފަތުރުވެރިޔަކު #ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށާއި އަދި ރިޒޯޓަށް ވަގުތީ ގޮތުން އަރާފޭބުން މިހާރު ވަނީ ވަގުތޫ ގޮތުން މަނާކޮށްފައި ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ރެއާއި ހަމައަށް 6 މީހަކު ގެންދަނީ ޓެސްޓްކުރަމުންނެވެ. އެއީ އިޓަލީގެ ކުޑަކުއްޖަކާއި އޭނާގެ މަންމަ އާއި ބައްޕަވެސް ހިމެނޭ ގޮތުން ކަމަށް ވަނީ ޢާންމު ފަރާތަކުން މައުލޫމާތަކުން ބުނެފައެވެ. އެޗްޕީއޭ އިން އެކަމުގައި ބަހެއް ނުބުނެއެވެ. އެޗްޕީއޭއިން ބުނީ މައުލޫމާތު ފަހުން ތަފްޞީލު ހާމަކުރާނެ ކަމަށެވެ.

އެމީހުންގެ ޓެސްޓުގެ ނަތީޖާ ލިބޭނީ މިއަދުކަމަށް ހެލްތް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން