ކުއްލި ޚަބަރު: ރާއްޖެ އަދި މިއޮތީ ވަރަށް ރަނގަޅަށް! ވައިޓް އެލާޓްގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކުއްލި ޚަބަރު: ރާއްޖެ އަދި މިއޮތީ ވަރަށް ރަނގަޅަށް! ވައިޓް އެލާޓްގަ!

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ބައަކު ޓެސްޓް ކުރަމުން ދިއަ ނަމަވެސް ރާއްޖޭގައި އަދި އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ނުވާތީ ރާއްޖެ އަދި މިއޮތީ ވަރަށް ރަނގަޅަށް، ވައިޓް އެލާޓް ގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. 

ޢަލީ ވަޙީދު ވިދާޅުވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން ގެންދަނީ ހަރުދަނާ ފިޔަވަޅުތައް އަޅަމުން ކަމަށާއި އެކަމުގެ ނަތީޖާވެސް އަދި މިހައިތަނަށް އަންނަނީ ފެނިފައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަލަމުން ގެންދާނެ ކަމަށެވެ. 

ޢަލީ ވަޙީދު ވިދާޅުވީ ޅ. ކުރެއްދޫ ރިޒޯޓަށާއި ވ. ތިނަދޫއަށް ވަގުތީ ގޮތުން އަރާ ފޭބުން މަނާކޮށްފައިވާ ކަމަށާއި އަދި މާދަމާ ރޭ 11:59 އިން ފެށިގެން އިޓަލީން މީހުން އައުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައި ކަމަށެވެ.   

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ ތިނަދޫ އާއި ކުރެއްދޫ އަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކުރީ ކޮރޯނާ ވައިރަސްއަށް 2 ފަރާތެއް ޓެސްޓް ކުރެވެމުންދާތީ ނަތީޖާ ލިބެންދެން ކަމަށެވެ. 

ޢަލީ ވަޙީދު ވިދާޅުވީ ފަރުކޮޅުފުށީ އައިސޮލޭޝަންގެ އިތުރުން މިހާރު 30 ކޮޓަރީގެ ފެސިލިޓީއެއް ވިލިވަރުގައި ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި ފަރުކޮޅު ފުށީގައި މިހާރު ޓެސްޓްކުރެވެމުން ދަނީ ޖުމުލަ 6 މީހުން ކަމަށެވެ. 

ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ ބައްޔަށް ޝައްކުވި ނަމަވެސް އަދި ޕޮޒިޓިވްވި ނަމަވެސް ފަރުވާދެވޭނެ ގޮތާއި ބެއިތިއްބާނެ ތަންތަން ހަމަޖެހިފައި އެބަހުރި ކަމަށެވެ. 

މިއަދު އޮންލައިން