ކުރެއްދޫ ރިޒޯޓަށް މަސައްކަތު ނުދާން ނައިފަރު މުވައްޒިފުންނަކަށް އަދި ނާންގާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ކުރެއްދޫ ރިޒޯޓަށް މަސައްކަތު ނުދާން ނައިފަރު މުވައްޒިފުންނަކަށް އަދި ނާންގާ!

ކުރެއްދޫ ރިޒޯޓުގައި މަސައްކަތްކުރާ ނައިފަރު މުވައްޒިފުންނަށް އެ ރިޒޯޓަށް މަސައްކަތު ނުދާން އަދި މިވަގުތާއި ހަމައަށް ރިޒޯޓުން އަންގާފައި ނުވާކަމަށް މުވައްޒިފަކު ބުނެފިއެވެ. 

އޭނާ ބުނީ މައުލޫމާތު އޮޅުންފިލުވަން ރިޒޯޓަށް ގުޅަމުން ގެންދާ ކަމަށާއި ނަމަވެސް އަދި އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. 

ކުރެއްދޫ ރިސޯޓަށް މީހުން އަރައި ފޭބުން މަނާކޮށްފައިވާ ކަމުގެ އަޑުތައް ފެތުރިފައިވީނަމަވެސް އެކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް އިދާރާއެއްގެ ބަސް އަދި ވަނީ ނުލިބިފައެވެ.

 

 

މިއަދު އޮންލައިން