ޗިލީގެ ފަތުރުވެރިޔާގެ ސަބަބުން ކުރެއްދޫ ރިޒޯޓުގެ ޑރ. ކަރަންޓީނުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ޗިލީގެ ފަތުރުވެރިޔާގެ ސަބަބުން ކުރެއްދޫ ރިޒޯޓުގެ ޑރ. ކަރަންޓީނުކުރަނީ!

ރާއްޖެ އައިސްފައި ދިއަ ފަހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި ފަތުރުވެރިޔާގެ ސަބަބުން ކުރެއްދޫ ރިޒޯޓުގެ ހައުސް ޑޮކްޓަރު ކަރަންޓީނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފަތުރުވެރިޔާ ރާއްޖޭގައި ހުރިކަމަށްވަނީ ޅ. އަތޮޅު ކުރެއްދޫ ރިޒޯޓުގައެވެ.

އެ ރިޒޯޓަކީ ގިނަ އަދަދެއްގެ ނައިފަރު ރައްޔިތުން ވަޒީފާ އަދާކުރާ ރިޒޯޓެކެވެ. ބުރާސްފަތި ދުވަހުވެސް މަސައްކަތު ދިއައެވެ. ނަމަވެސް މާދަމާ މަސައްކަތު ގެންދިއުމާއިމެދު އަދި ގޮތެއް ނުނިންމައެވެ. ރިޒޯޓުގައި ވަޒީފާ އަދާކުރާ ގިން އަދަދެއްގެ ބިދޭސީންވެސް މިވަގުތު ތިބީ ނައިފަރުގައެވެ.

ޅ. ނައިފަރު ގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ފަތުރުވެރިޔާ ދައްކާފައެއް ނުވެއެވެ. އަދި އެ ހޮސްޕިޓަލުގެ ޑޮކްޓަރަކާއިވެސް އޭނާ ބައްދަލުވެފައެއް ނުވެއެވެ!

އިތުރު ތަފްޞީލު އަންނަނީ

މިއަދު އޮންލައިން