އިންޑިއާގަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 6 އުން 31 އަށް އިތުރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އިންޑިއާގަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 6 އުން 31 އަށް އިތުރުވެއްޖެ!

އިންޑިއާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 6 އުން 31 އަށް މިދިއަ ހަފްތާގައި އިތުރުވެއްޖެކަން އިންޑިއާގެ ޞިއްހީ ވަޒީރު މިއަދުވަނީ ހާމަކުރައްވައިފައެވެ. ވެރިރަށް ނިޔުދިއްލީގައި މިހާރުވަނީ ޕްރައިމަރީ ސްކޫލްތައްވެސް ބަންދުކޮށްފައެވެ.

އިންޑިއާ އިން މިހާރުވަނީ ބަލި އެންމެ ބާރަށް ފެތުރެމުންދާ އިޓަލީ، އީރާން އަދި ސައުތު ކޮރެއާޢަށް ދަތުރުކުރުންވެސް ހުއްޓުވައިފައެވެ. މީގެ އިތުރުން އިންޓިއާއަށްދާ މީހުން ސްކްރީން ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކޮރޮނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 107000 އަށް އަރައިފައެވެ. ނަމަވެސް ބޮޑެތި މީޑިއާތަކުން ރިޕޯޓުކުރަނީ 94900 ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު 3272 އަސް އަރާފައިވާ ކަމަށެވެ!

މިއަދު އޮންލައިން