ހަމައެކަނި އެންޓިސެޕްޓިކް ލައިގެން އަތްދޮވެލައިގެން ފުއްދައިލެވޭކަށް ނެތެވެ! މިއީ ފާފަތަކުންވެސް އަތްދޮވެލަންވީ ވަގުތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހަމައެކަނި އެންޓިސެޕްޓިކް ލައިގެން އަތްދޮވެލައިގެން ފުއްދައިލެވޭކަށް ނެތެވެ! މިއީ ފާފަތަކުންވެސް އަތްދޮވެލަންވީ ވަގުތެވެ!

ބަލިތަކުން ސަލާމަތްވުމަށް ސައިބޯންނާއި އެންޓިސެޕްޓިކް ލައިގެން އަތް ދޮވުމަކީ އިސްލާމް ދީނުގައި ކުރަން އޮތް ކަމެކެވެ. ބައކަށް މިއަދު މިއަދު މިކަންކަމުގެ މުހިންމުކަން އެނގުނު ނަމަވެސް އިސްލާމް ދީން ވަނީ މީގެ 1450 ވަރަކަށް އަހަރުކުރިން މިކަންކަން ބަޔާންކޮށްދީފައެވެ. ނުރައްކާތެރި ބަލިތައް ފެތުރޭނަމަ ކަރަންޓީނު ކުރުމުގެ މުހިންމުކަންވެސް މެއެވެ.

ވިސްނައިލަންވީ ހަމައެކަނި އެންޓިސެޕްޓިކް ލައިގެން އަތްދޮވުމަކުން މައްސަލަ ހައްލުނުވާނެ ކަމެވެ. ފުރަތަމަ ކަމަކަށްވެސް ކުރަން އޮތް ކަމަކީ ކުރެވެމުންދާ ފާފަތައް ކުރުން ހުއްޓާލައި ފާފަތައް ކުރުމުން އަތްދޮވެލަންވީ ކަމެވެ. މިއީ ފެންނަމުންދާ ކަންކަމުން ޢިބްރަތް ޙާޞިލުކޮށް އެކަމަށް ވަރަށް އެކަށީގެންވާ ވަގުތެކެވެ!

"ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން އައި އިޓަލީގެ ފަތުރުވެރިއަކު #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރ ކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަޑައެޅިފައިވާ މަރުކަޒަށް ގެންދިއަ" ނަމަވެސް އަދި މިހައި ތަނަށްވެސް ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިފައެއް ނުވެއެވެ.

ކޮރޯނާ ވައިރަސްގެ ނުރައްކަލުން ރާއްޖެ އާއި ދިވެހިރައްޔިތުން ސަލާމަތްކޮށްދެއްވެވުން އެދި ތައުބާވުން ގިނަކުރާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ! ދުޢާ ކުރުން ގިނަކުރާށެވެ!

"ކޯވިޑް-19 ރާއްޖޭގައި އުޅޭތޯ އިތުރަށް ދެނެގަތުމަށް ބަލިއުޅޭ ޤައުމަކަށް ދަތުރުކޮށްފައި ނުވިނަމަވެސް، ނިއުމޯނިއާ ނުވަތަ އަރިދަދުސްރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ ފަރާތްތައް މިބައްޔަށް ޓެސްޓްކުރެވޭ. މިކުރެވޭ ޓެސްޓްތަކުން އަދި މިހާތަނަށް އެއްވެސް ފަރާތެއް ޕޮސިޓިވް ވެފައިއެއްނުވެއެވެ."

ﷲ ތަޢާލާގެ ދީލަތިވަންތަކަމަށް ޝުކުރުވެރިވާ ބައަކު ކަމުގައިވާށެވެ!

މިއަދު އޮންލައިން